ހަބަރު

އިއްޒުއްދީން މަގުގެ ހުޅުވާލާނީ އަންނަ މަހު

Mar 10, 2018
1

ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ އިއްޒުއްދީން މަގު، ފުޅާކޮށް އެ މަގުގައި ތާރު އެޅުމަށްފަހު އަންނަ މަހު ހުޅުވާލާނެ އެވެ.

އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅުނު ހިސާބުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް މަގު ފުޅާކޮށް، ތާރުއެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް ދެ އެވެ. އެ މަސައްކަތް އެއްކޮށް ނިމި، އަންނަ މަހު އެމަގު އެއްކޮށް ހުޅުވާލާނެ އެވެ.

އިއްޒުއްދީން މަގުގައި ބަންދުކޮށް އެ މަގުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ.

އިއްޒުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިނިސްޓަރު ވަނީ އިންޑަސްޓްރިއަލް ވިލެޖާއި މާލެ ހުޅުލެ ގުޅުވާ ބްރިޖާ ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.