ހަބަރު

އަބްދުﷲ ރިޔާޒްގެ ބޮޑީގާޑު ނިޒާމްގެ ފޯނު އަތުލައިފި

Mar 10, 2018
2

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ޕްރައިވެޓް ބޮޑީގާޑު މުހައްމަދު ނިޒާމްގެ މޮބައިލް ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ މެންދުރު ފަހު 3:00 ހާއިރު ކޯޓު އަމުރެއް ދެއްކުމަށްފަހު ފުލުހުން ނިޒާމްގެ ފޯނު އަތުލާފައިވާ ކަމަށެވެ. ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ނިޒާމްގެ ފޯނު އަތުލާފައިވާއިރު މިދިޔަ ހަފުތާގައި އިދިކޮޅުން ބޭއްވި އެއްވުމެއްގެ ތެރެއިން އަބްދުﷲ ރިޔާޒް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ރިޔާޒް މިވަގުތު ހުންނެވީ ދޫނިދޫ ކަސްޓޯޑިލަގަ އެވެ. ރިޔާޒް ހައްޔަރުކުރި ސަބަބެއް ނޭނގެ އެވެ. އޭނާ ހައްޔަރުކޮށްފައިހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.