މަރު

އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

Mar 11, 2018
6

އުސް އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ. މިއަދު ހެނދުނު އެ މީހާ ވެއްޓުނީ ފަސް ބުރިއަށް ހަދައި ގެސްޓް ހައުސްއެއް ހިނގަމުން އަންނަ އިމާރާތަކުންނެވެ.

މިއަދުގެ އެ ހާދިސާއަށް ފަހު މަރުވީ 22 އަހަރުގެ ޒުވާނެކެވެ. ފުލުހުން ބުނީ އޭނާ ވެއްޓުނީ މިއަދު ހެނދުނު 6:07 އެހާކަންހާއިރު ކަމަށާއި އެ މީހާ ވެއްޓުނު އެ އިމާރާތް ހުންނަނީ މާފަންނު ވީބީ މާޓް ކައިރިން ކަމަށެވެ. އެހެން ނަމަވެސް އޭނާ ވެއްޓެން ދިމާވެސް ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

އޭނާ ވެއްޓުމަށްފަހު ގެންދިޔައީ ސަރުކާރުގެ މައި ހޮސްޕިޓަލު އިޖީއެމްއެޗަށެވެ. އެ ހޮސްޕިޓަލުން ބުނީ ފަރުވާއަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. ދިވެހި ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހުގީގެއް ކުރަމުންނެވެ.

މި ޒުވާނާ ވެއްޓި މަރުވި އިރު އެންމެ ފަހުން މީހަކު އިމާރާތަކުން ވެއްޓި މަރުވެފައި ވަނި ހުޅުމާލެއިންނެވެ. އެފަހަރު ބިދޭސީއަކު ވެއްޓިފައި ވަނީ ހުޅުމާލޭގެ އިމާރާތެއްގެ ވައިގޮޅިންނެވެ.