ވިޔަފާރި

ދިއްދޫފިނޮޅު ހިންގާ ލަކްސް ގްރޫޕުގެ ފައިދާ 12 ޕަސެންޓް އިތުރުވެއްޖެ

May 15, 2015

ރާއްޖޭގައި ދިއްދޫފިނޮޅު ހިންގާ "ލަކްސް" ގްރޫޕުގެ ފައިދާ މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު 12 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޮރިޝަސްގެ ލަކްސް ގްރޫޕުން ބުނީ މި އަހަރުގެ ނުވަ މަސް ދުވަހު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 3.54 ބިލިއަން ރުޕީސް ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ އިތުރު މޮރިޝަސް އާއި ރީޔޫނިއަންގައި ރިސޯޓު ހިންގަމުން ގެންދާ ލަކްސް އިން ބުނީ އެ ކުންފުނީގެ ދަށުން ރިސޯޓު ހިންގަމުން ގެންދާ ގައުމުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން މޮރިޝަންއަށް އައި ޓޫރިސްޓުންގެ އަދަދު މި އަހަރުގެ ވޭތުވެދިޔަ ނުވަ މަސް ދުވަހު ހަތަރު ޕަސެންޓް އިތުރުވެފައިވާއިރު، ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ދެ ޕަސެންޓް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން މިއަހަރުގެ ނިމޭއިރު ގިނަ އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި މި ބަދަލުގެ ސަބަބުން ކުންފުނީގެ ފައިދާވެސް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ