ދުނިޔެ

ނޭޕާލަށް ވެއްޓުނު ބޯޓުން މަރުވި މީހުންގެ އަދަދު 40 އަށް!

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި 40 މީހުން މަރުވެއްޖެ އެވެ.

ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ކަތުމަންޑޫޕޯސްޓް ނޫހުން ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޮމްބާޑިއާ ޑޭޝް 8 ކިއު 400 މަރުކާގެ މަތިންދާބޯޓް ކަތުމަންޑޫގެ އެއާޕޯޓުގެ ކައިރީގައިވާ ފުޓުބޯޅަ ދަނޑަކަށް ވެއްޓުނު އިރު ފަޅުވެރިންނާއި އެކު ޖުމްލަ 71 މީހަކު އެއިން ދަތުރުކުރަމުން ދިޔަ ކަަމަށެވެ. އަދި ބުނީ އޭގެ ތެރެއިން މިހައިތަނަށް ހޯދައި ސަލާމަތް ކުރެފައި ވަނީ 25 މީހުން ކަމަށާއި ދެން ތިބި މީހުންނަށް ވީގޮތް އަދި ކަށަވަރު ނުކުރެވޭ ކަމަށެެވެ. އަދި މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށް ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.



ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ މަތިންދާބޯޓް އެސްޓޫ އެޖީޔޫ ކަތުމަންޑޫގެ ޓްރިބުވާން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭޑ) އަށް ޖައްސަން ހުއްދީފައި އޮތީ އެ އެއާޕޯޓުގެ ދެކުނުފަޅިން ކަމަށެވެ.ނަމަވެސް ބޯޓު ޖައްސަން މަސައްކަތް ކުރީ އުތުރުފަޅިން ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަަމަށް ވެދާނެ ކަމަށް ވެސް ބުންޏެވެ. ނޭޕާލުގެ އިދާރާތަކުން އެމައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

" އާދަޔާ ހިލާފު ގޮތަކަށް ޖައްސަން މިި އުޅުނު އުޅުން އަހަރެމެން އަދި ޖެހޭަނީ ބަލަން،" ނޭޕާލުގެ ސވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސަންޖީވް ގޯތަމް ވިދާޅުވި ކަަމަށް ނޫހުގައި ވެއެވެ.

މަތިންދާބޯޓް ވެއްޓި އޭގައި ރޯވި އަލިފާން ނިއްވައިލުމަށް ފަހު މީހުން ހޯދައި ސަލާމަތްކުރުމުގެ މަސަައްކަތް މިހާރުވެސް އަންންނީ ކުރަމުންނެވެ.