ވިޔަފާރި

ސަން ފްރަންޓް މިރަކަލް ސޭލް އެހެން އަހަރުތަކަށް ވުރެ އަގު ހެޔޮކޮށް ފަށައިފި

May 16, 2015

އެހެން އަހަރުތަކަށް ވުރެ މުދަލުގެ އަގު ހެޔޮކޮށް ސަން ފްރަންޓް މިރަކަލް ސޭލް ރޭ ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ފަރުނީޗަރު ފިހާރަކަމަށްވާ ސަން ފްރަންޓުން ކުރިއަށް ގެންދާ މި ސޭލްގައި މި އަހަރުވެސް 10-50 ޕަސެންޓާ ދެމެދުގެ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.

"ވަރަށް ބޮޑަށް އަގުތައް މި ކުޑަ ކޮށްލަނީ. މިރަކަލް ސޭލްގެ ނަމުގައި މި ހިންގާތީ ހަގީގީ ސޭލެއްކަން އެނގޭ ވަރަށް އަގުތައް ދަށަށް ގެނެސްފައިވާނެ،" އިކްރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޭލް ކުރިއަށް ދާނީ ރޯދަ މަސް ފެށުމާ ހަމައަށް ކަމަށެވެ.

"ސޭލުން ގެދޮރަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ. ސޭލްގައި މި ވިއްކަނީ ކޮލިޓީ މުދާ،" އިކްރާމް ވިދާޅުވި އެވެ.

ސަން ފްރަންޓުގެ މި އަހަރުގެ ސޭލްގައި ހާއްސަ އިނާމެއް ނުދެ އެވެ. ނަމަވެސް އަގުތައް ވަނީ ރެކޯޑު އަދަދަކަށް ދަށަށް ގެނެސްފަ އެވެ. ބައެއް ބެޑްރޫމް ސެޓުތަކުން 2،000ރ. އަށް ވުރެ ބޮޑު ޑިސްކައުންޓެއް ދީފައިވެ އެވެ.

އިކްރާމް ވިދާޅުވީ މި އަހަރު އަގުތައް ވަރަށް ބޮޑުތަން ހެޔޮވާނެ ކަމަށެވެ.

"މެނޭޖުމަންޓަށް ވެސް ފާހަގަ ވަނީ ލިބޭ އިނާމު ތަކަށް ވުރެ ބޮޑަށް ގަންނަން ލިބޭ އަގު ހެޔޮވެފައި ލުއިވުމުން ފައިދާ ވާނެ ކަމަށް. އެހެންވެ އަގު ވަނީ ހެޔޮ ކޮށްލާފަ،" އިކްރާމް ވިދާޅުވި އެވެ.

ސަން ފްރަންޓަކީ ފަރުނީޗަރުގެ އިތުރުން ބަދިގޭ ސެޓާއި ބޮކީގެ އިތުރުން މި ނޫންވެސް ގިނަ ސާމާނު ވިއްކާ ތަނެކެވެ.