ދޫނިދޫ

ދޫނިދޫގައި ވަކީލުން އިހްތިޖާޖުކޮށްފި

ދޫނިދޫގައި ވަވަކީލުންތަކެއް އިހްތިޖާޖުކޮށްފި އެވެ. އިހްތިޖާޖުކޮށްފައިވަނީ މިއަދު ވަކީލް ހިސާން ހުސެއިނަށް ދިމާވި ކަމަކާ ގުޅިގެންނެވެ.

ވަކީލް ނާޒިމް އަބްދުލް ސައްތާރު ވިދާޅުވީ ދޫނިދޫގައި ވަކީލުން އިހްތިޖާޖު ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު ހިސާން ބައްދަލުކުރައްވަން އިންނެވި ގޮނޑި ދަށުން ރިކޯޑިން ޑިވައިސެއް ފެނިފައިވާތީ ކަމަށެވެ.

ހިސާން ވެސް ވަނީ އެކަން ޔަގީންކޮށް ދެއްވާފަ އެވެ. ހިސާން ވިދާޅުވީ ރިކޯޑަރު ފެނިފައިވަނީ ގޮނޑި ދަށުގައި ހަރުކޮށްފައި ހުއްޓާ ކަމަށާއި އެ މައްސަލަ ވަގުތުން ވަގުތަށް ޖައްސާފައިވާނެ ކަމަށެވެ. ނަމަވެސް ޖަލުގެ އިސްވެރިޔަކު ބައްދަލު ނުކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށްފަހު ހުރިހާ ވަކީލުން ވެސް ދޫނިދޫއިން ވަޑައިގެންނެވީ ކަމަށް ހިސާން ވިދާޅުވި އެވެ. ދޫނިދޫއިން ވަޑައިގެންނެވީ އެ ތަނުގެ ހާލަތު ހުރި ގޮތުން ވަކީލުންނަށް ވެސް ރައްކާތެރި ކަމެއް ނެތް ކަމުގެ އިހްސާސް ކުރެވިގެން ކަމަށެވެ. އެ ވަގުތު ދޫނިދޫގައި ތިއްބެވި ހުރިހާ ވަކީލުން ވެސް ވަޑައިގެންނެވި ކަމަށެވެ.