ވިޔަފާރި

ރޯދަ މަހަށް ހުޅުމާލޭގައި ލޯކަލް މާރުކޭޓެއް އަޅަނީ

May 16, 2015

ރޯދަ މަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ލޯކަލް މާރުކޭޓެއް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ރޯދަ މަހަށް ހާއްސަ ބާވަތްތައް ވިއްކުމަށް ހަދާ މި މާރުކޭޓުގައި ކުއްޔަށް ދޫކުރާ 12 ކޮޅި ހުންނާނެ ކަމަށާއި، މި ކޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ގޮޅިތަކަށް އެދޭ ފޯމް އެޗްޑީސީގެ މުނިސިޕަލް ޑިޕާޓްމަންޓުގެ ގްރައުންޑް ފްލޯއިންނާއި އެ ކުންފުނީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ގޮޅިތަކަށް ކުރިމަތިލާ ފަރާތްތައް 12 އަށްވުރެ އިތުރު ވެއްޖެނަމަ ގޮޅި ދޫކުރަނީ ގުރުއަތުލައިގެން ކަމަށެވެ. އަދި ގޮޅިތައް ދޫކުރަނީ 1،000ރ. އަށް ގޮޅިއެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.