ޖަޕާން

ޖަޕާނު ސަފީރު ކަމަށް އުވައިސް އައްޔަންކޮށްފި

ރާއްޖެ ފަރާތުން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި ފަތްކޮޅު އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަފީރު ކަމަށް އައްޔަންކޮށްފައި ވަނީ މ. ފޭމަންސް، އިބްރާހީމް އުވައިސް އެވެ. އޭނާއަށް މަޖިލީހުން ރުހުން ދީފައި ވަނީ 31 މެންބަރުންގެ ވޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެެވެ.

ޖަޕާނުގެ ސަފީރު ކަމުގައި ކުރިން ހުންނެވީ މިހާރު ސްރީލަންކާގެ ސަފީރު ކަމަށްވާ މުހައްމަދު ހުސެއިން ޝަރީފް އެވެ.