އަލިފާން

މަރުކަޒު ކައިރިން ކާރެއްގައި ރޯކޮށްލައިފި

އިސްލާމީ މަރުކަޒާ ކައިރިން މާލެ ނެޝެނަލް މިއުޒިއަމްގެ ޕާކިން ޒޯނުގައި ޕާކް ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިރޭ 8:50 ހާއިރު ކަމަށާއި އެކަމާ ގުޅިގެން ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވެފައިވާ އަލިފާން ގަޑިއެއް ހާއިރު ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ ކާރުގެ ޑިކީގައި ކަމަށާއި ނަމަވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާ ހިނގާފައިވާ އިރު ފުލުހުން ކުރިން ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުގައި ހުޅު ޖަހަން ބަޔަކު ރާވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކާރުގައި ރޯކޮށްލި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.