ދޫނިދޫ

ދޫނިދޫ ގޮޅިއެއްގެ ޓިނު ނަގައިގެން ފިލި މީހަކަށް ޖަލު ހުކުން

Mar 18, 2018

ތަހުގީގު ޖަލެއްގެ ގޮތުގައި ބޭނުން ކުރާ ދޫނިދޫގެ ޖަލު ގޮޅިއެއްގައި (ފޮޓޯގައި) ބަންދުކޮށްފައި ހުރި މީހަކު އެ ގޮޅީގެ ފުރާޅުން ޓިނުގަނޑެއް ނައްޓާލައިގެން ޖަލަށްލާން ހުކުމްކޮށްފި އެވެ.

އޭނާގެ މައްޗަށް އައީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި ހުކުމުން އައީ ގއ. ކަނޑުހުޅުދޫ އާޒާދުގޭ، ޖިނާހު އިސްމާއީލްގެ މައްޗަށެވެ.

ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއެއް ޖިނާހުގެ މައްޗަށް އުފުލުމުން އޭނާގެ މައްޗަށް ހުކުމް އައީ މި ހަ ވަނަ ދުވަހު އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮވެމްބަރު 17، 2016 އޭނާ ހައްޔަރުކޮށް ދޫނިދޫ ކަސްޓޯޑިއަލްގެ ގޮޅިއެއްގައި ބަންދުކޮށްފައި ހުއްޓާ އެ ގޮޅީގެ ޓިނުގަނޑެއް ފޭކޮށް އެ ގޮޅިން ނުކުމެ ފިލައި އަދި އެކަމަށް ފަހުން އިއުތިރާފުވުމުންނެވެ.