މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާކޮށްގެން މިވަގުތު ބަންދުގައި ތިބީ ނުވަ މީހުން

Mar 20, 2018

މާލޭގައި ބޭއްވި މުޒާހަރާތަކުގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

އެއީ ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެން ކުރަމުން އައި މުޒާހަރާތަކުން ހައްޔަރު ކުރި މީހުންނެވެ.

ފުލުހުން ބުނީ މިވަގުތު ބަންދުގައި ތިބި ނުވަ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހުރީ ގޭބަންދުގައި ކަމަށެވެ.