ހަބަރު

ދެއްކި ވާހަކަތައް "ފަހުމްނުވާތީ" އަމީތު ފުލުހަށް

Mar 20, 2018

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ބަޔާން ދެއްވަމުން ރޭ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދެއްކެވި ވާހަކަތައް ފަހުމްނުވާ ކަމަށް ބުނެ އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. އަމީތަށް އަންގާފައިވަނީ މިއަދު ފުލުހަށް ހާޒިރުވުމަށެވެ.

އަމީތުގެ މައްސަލައެއް ތަހުގީގު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް މާލޭ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރު ދިނުމާއި މުޒާހަރާއަށް ނުކުތުމަށް ގޮވާލެއްވި ކަމަށް ބުނެ އެވެ.

އަމީތު ވިދާޅުވީ އޭނާ ރޭ ދެއްކެވި ވާހަކަތައް ފުލުހުންނަށް ފަހުމްނުވި ސަބަބެއް ނޭނގޭ ކަމަށެވެ. ދެ ފަރާތުން ވެސް ވާހަކަ ދެއްކީ ސާފު ދިވެހި ބަހުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލޭގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވެސް އަމީތު ވަނީ މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.