ވިޔަފާރި

ހޮޓެލް ރެވެނިއު ސަމިޓް ބާއްވާއިފި

Mar 24, 2018

ސަތޭކަ ފަންސާން ބައިވެރިންނާއެކު ރެވެނިއު ސަމިޓް ބާއްވާއިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ (ސީއެމްއޭ) އިން ބާއްވާ "މޯލްޑިވްސް ހޮޓެލް ރެވެނިއު އެންޑް ޓެކް ސަމިޓް" އޮތީ އެމްއެންޔޫ ބިޒްނަސް ސްކޫލްގަ އެވެ.

ޓޫރިޒަމް ދާއިރާގެ އާމްދަނީ އިތުރު ކޮށްދޭނެ ހުނަރުތައް ދަސްކޮށް ދިނުމަށް ބާއްވާ މި ސަމިޓުގައި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ބައިވެރިވާނެ އެވެ. މި ސަމިޓުގައި މައުލޫމާތު ދީފައިވަނީ ބޭރުގެ މާހިރުންނެވެ.

ސީއެމްއޭ އިން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގެސްޓްހައުސްތަކާއި ރިސޯޓު އަދި ހޮޓާތަކުގެ އިތުރުން ސަފާރީތަކާއި މީނޫންވެސް ފަރާތްތަށް ހާއްސަކޮށް ބާއްވާ މި ސަމިޓުގައި ޓޫރިޒަމް ޕްރޮޑްކްޓްތައް ވިއްކުމުގެ ހުނަރުތައް ކިޔައިދޭނެ އެވެ.