ދުނިޔެ

ގަތަރު އެއާވޭސްއިން ރަޝިޔާ އެއާޕޯޓެއްގެ ހިއްސާ ގަންނަނީ

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ނުކޯވޯ އެއާޕޯޓުގެ 25 ޕަސެންޓް ހިއްސާ ގަންނަން ގަސްދު ކުރާ ކަން ގަތަރު އެއާވޭސްއިން ހާމަ ކޮށްފި އެވެ.

ނުކޯވޯ އެއާޕޯޓަކީ މޮސްކޯ ސަރަހައްދުގައިވާ ތިން ވަނަައަށް އެންމެ ބޮޑު އެއާޕޯޓެެވެ. ގަތަރު އެއާވޭސްގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް ބުނީ ނުކޯވޯ އެއާޕޯޓްގެ މެޖޯރިޓީ ހިއްސާ ގަތުމަަށް ގަތަރު އެެއާވޭސް އާއި އެއާޕޯޓް ހިންފާ ކުންފުންޏާއެކު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިހާރު ސޮއި ކޮށްފައިވާ ކަމަށެވެ. އަދި ބުނީ ހިއްސާ ގަތުމުގެ ކަންތައްތައް އަށް ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށެވެ. ނަމަވެސް ގަންނަނީ ކިހާ ވަރަކަށް ކަމެއް ގަތަރު އެއާވޭސްއަކުން އަދި ހާމައެއް ނުކުރެއެވެ.

ނުކޯވޯ އެއާޕޯޓްގެ މިލްކުވެރިކަން މިހާރު ހިއްސާ ކުރަނީ ރަޝިޔާ ސަރުކާރާއި އެ ގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިޓަލީ ވެންޓްސޭވް އާއި އޭނާގެ ބައިވެރިންނެވެ.

ރަޝިޔާގެ އެއާޓެއްގެ ހިއްސާ ގަންނަކަން ގަތަރު އެއާވޭސް އިން ހާމަކޮށްފައި މިވަނީ ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައްސާނީ ރަޝިޔާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލު ކުރެއްވި ދުވަހާ ދިމާކޮށެވެ.