ވިޔަފާރި

އެސްޓީއޯ އިން ރޯދަ މަހަށް އިންވާޓާ އައިސް އަލަމާރީގެ އަގު ހެޔޮކޮށްފި

May 18, 2015

އެސްޓީއޯ އިން ރޯދަ މަހަށް ހިޓާޗީ އިންވާޓާ އައިސް އަލަމާރީގެ އަގުތައް ވަރަށް ބޮޑުތަން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިމަހުގެ 19 އިން ޖޫން މަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ގަންނަ ކޮންމެ ހިޓާޗީ އައިސް އަލަމާރިއަކަށް ގެންގޮސް ދިނުމުގެ ހިދުމަތް މުޅިން ހިލޭ ލިބެ އެވެ. އަދި 18 މަސް ދުވަހުގެ ސާވިސް ވޮރަންޓީއާ އެކު ފަސް އަހަރު ދުވަހުގެ ކޮންޕްރެސަރު ވޮރަންޓީއެއްވެސް ލިބެ އެވެ.

ހޯމް އިމްޕްރޫވްމަންޓް ފިހާރަ އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވިއްކާ އައިސް އަލަމާރީގެ ތެރޭގައި ހަތަރު ފޫޓާއި ހަ ފޫޓުގެ ބޮޑެތި އަލަމާރި ހިމެނެ އެވެ. މި އަލަމާރީގެ އަގުތައް އުޅެނީ 4،299ރ. އާއި 11،990ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.