ހަބަރު

ރާއްޖޭގެ އީއީޒެޑް ބަލަހައްޓަން ޕާކިސްތާނުން އެހީވަނީ

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ( އީއީޒެޑް) ބެލެހެއްޓުމުގައި ޕާކިސްތާނުން އެހީވުމާ މެދު ދެގައުމުން މަޝްވަރާކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް ގަމަރް ޖާވީދް ބަޖްވާ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ބައްދަލުކުރެއްވި އިރު ގިނަ ކަންތަތަކަކާ މަޝްވަރާ ކުރެއްވި ކަމަށެވެެ. ދެގައުމުން ގުޅިގެން ރާއްޖޭގެ އެސްއީޒެޑް ޕެޓްރޯލްކުރުން ކުރިއަށް ގެންދަން ދެބޭފުޅުން މަޝްވަރާ ކުރެއްވީ އެ ބައްދަލުވުމުގައެވެ. ދެބޭފުޅުން ބައްދަލުކުރެއްވީ ޑިފެންސް މިނިސްޓްރީގައެވެ.

ޖެނެރަލް ބަޖްވާއާއި މިނިސްޓަރު ޝަރީފު މަޝްވަރާ ކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ދެގައުމު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުން ހިމެނެއެވެ. އެކަމަށްޓަކައި ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޓީމުތައް ޕާކިސްތާނަށް ރިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި ހުރި އަސްކަރީ ހަމަ އެކަނި ހޮސްޕިޓަލް ކަމަށްވާ ސެނަހިޔާއަށް ޕާކިސްތާނުގެ ޑޮކްޓަރުން ގެނައުމަށް ވެސް ދެބޭފުޅުންް މަޝްވަރާކުރެއްވިއެވެ.

ޖެނެރަލް ބަޖްވާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ ދައުވަތަކަށެވެ. ދަތުރުފުގައި ބަޖްވާ ވަނީ ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމާ ވެސް ބައްދަލުކުރައްވާފައެވެ.