ހަބަރު

ކެފޭ/ރެސްޓޯރަންޓް ބަންދުކުރުން 1:00 އަށް، ޕެޓްރޯލް ޝެޑްތައް 12 ޖަހާއިރު

ކެފޭ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ. އެގޮތުން ކެފޭ ތަކާއި ރެސްޓޯރެންޓްތައް މެންްދަމުން އަލިވެ 1:00 ހުޅުވާފައި ބަހައްޓަން ހުއްދަ ދިން އިރު ޕެޓްރޯލް ޝެޑްތައް 12:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތައުފީގު ވިދާޅުވީ ކެފޭ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑި ބަދަލުކުރީ މާލޭގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުތަކާ ގުޅިގެންކަމަށެވެ.
އޭނާ ވިދާޅުވީ ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދުކުރިނަމަވެސް 10 ގެ ފަހުން ވެސް ފިހާރަތަކުން ޑެލިވަރީ ވެސް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިން ބާރަޖެހުމާ ހަމަޔަށް މިހުރީ . އެހެންނަމަވެސް މިހާރު އައި ބަދަލާ ގުޅިގެން ރޭގަނޑު އެކެއް ޖެހުމާ ހަމަޔަށް ހުޅުވާފަ ބެހެއްޓޭނެ. ޕެޓްރޯލް ޝެޑްތައްވެސް ބާރަ ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ. ފިހާރަތައް ދިހައެއް ޖަހާއިރުގައި ބަންދުކުރަންޖެހޭނެ. އެހެންނަމަވެސް ވިޔަފަރިވެރިން ސްޓޮކް ރިޕްލޭސްކުރުމަށްޓަކައި ވިޔަފާރިތައް ހުޅުވިފަ ބެހެއްޓިދާނެ. އެހެންނަމަވެސް ވިޔަފާރިކުރުން މަނާވާނެ." ތައުފީގު ވިދާޅުވިއެވެ.

ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލުގެ މާލޭގައި ވަގުތުގައި އުފުލުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.
މާލޭގައި މިހާރު މުދާ އުފުލެނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށެވެ.

ކައްކާ ގޭސް މިކަމުން އިސްތިސްނާކޮށްފައި ވިޔަސް އެކަމަށް ވެސް ގަޑިއެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.