ވިޔަފާރި

ހުޅުމާލެ އަށް މުދާ ގެންދިއުން ރޭގަނޑަށް ބަދަލުކޮށްފި

Apr 2, 2018

ދުވާލުގެ ގަޑިތަކުގައި މާލެ ތެރޭގައި މުދާ އުފުލުން މަނާ ކުރުމުން، ހުޅުމާލޭ މުދާ ފެރީގެ ހިދުމަތް ރޭގަނޑަށް އެމްޓީސީސީއިން ބަދަލުކޮށްފި އެވެ.

އެމްޓީސީސީއިން ބުނީ އިއްޔެ އިން ފެށިގެން މުދާ ފެރީ މާލެ އިން ފުރާނީ ހުކުރު ދުވަސްނޫން އެހެން ދުވަސްތަކުގައި ރޭގަނޑު 7:00 ގަ އާއި ދަންވަރު 1:00 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ހުޅުމާލެ އިން މާލެ އަށް ފުރާނީ ހަވީރު 5:30ގަ އާއި 8:30 އަށް އަދި 11:30 ގައި ކަމަށެވެ. އަދި ހުކުރު ދުވަހު މުދާ ފެރީ މާލެ އިން ފުރާނީ 7:00 ގަ އެވެ. އަދި ހުޅުމާލެ އިން ފުރާނީ ހަވީރު 5:30 ގައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މުދާ ފެރީގެ ބިލް ތަކަށް ފައިސާ ބަލައި ގަންނާނީ ފެރީ ފުރުމުގެ 30 މިނެޓް ކުރިން ކަމަށެވެ.

ހުޅުމާލެ މުދާ ފެރީގެ ގަޑިތައް ބަދަލު ކުރީ މާލެ ތެރެއަށް މުދާ އުފުލާ ގަޑި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ސަރުކާރުން ބަދަލު ކުރުމުންނެވެ.