ދުނިޔެ

ޗައިނާގެ ސްޕޭސް ލެބް ވެއްޓުނީ ކަނޑަށް

ޖައްވީ ދިރާސާތައް ކުރާ ލެބޯޓްރީއެއްގެ ގޮތުގައި ޗައިނާއިން 2011 ވަނަ އަހަރު ޖައްޗަށް ފޮނުވި ސެޓެލައިޓެއް ކަމަށްވާ " ޓިއަންގޮން-1" ގެ ކޮންޓްރޯލް ގެއްލުނުތާ ގިނަ ދުވަސްތަކެއް ފަހުން އެ ސެޓެލައިޓް ޕެސިފިކް ކަނޑަށް މިއަދު ވެއްޓިއްޖެއެވެ.

ޗައިނާގެ ޖައްވީ އިދާރާ ޗައިނާ މޭނެޑް ސްޕޭސް އިންޖިނިއަރިން އޮފީހުން ބުނީ ޓިއަންގޮން -1 ވެއްޓުނީ ހޮންކޮން ގަޑިން މިއަދު ހެނދުނު 8:15 ގައި ކަަމަށެވެ. އަދި ބުނީ އެ ސެޓެލައިޓް ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއެކު އޭގެ ބޮޑުބައި އަނދައިގެން ގޮސްފައިވާ ކަމަށެވެ. ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ސެޓެލައިޓް ދުނިޔޭގެ ވައިގެ ފަށަލައަށް ވަންނަން އަންނާތީ އެއަށް ވާގޮތް ޗަައިނާގެ ޖައްވީ އިދާރާއިން ރަނގަޅަށް ބަލަމުން އައި ކަމަށެވެ.

ޓިއަންގޮން-1 ޖައްވަށް ފޮނުވައިލީ 2011 ވަަނަ އަަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ޗައިނާއިން ޖައްވަށް ފޮނުވި ޝެންޒޫ 8، ޝެންޒޫ،9 އަދި ޝެންޒޫ 10 ގައި އެ ސެޓެލައިޓް ޑޮކް ކުރިއެވެ. އޭގެ މަަސަައްކަތް ހުއްޓި ކޮންޓްރޯލް ގެއްލުނީ 2016 ވަނަ އަހަރުގެ މާޗްމަހުއެވެ. ޗައިނާއިން އޭރުގައި ބުނީ ޓިއަންގޮގް އަކީ ތަޖުރިބާ ކުރުމުގެ ގޮތުން ފޮނުވި ލެބެއް ކަމަށާއި އެއިން ހާސިލުކުރަން ބޭނުންވި ކަންތައްތައް ހާސިލުވފައިވާ ކަަމަށެވެ.