ވިޔަފާރި

ވިލިނގިލި ޕެޓްރޯލް ކުރަން އެސްޓީއޯ އިން 10 ބައިސްކަލް ފުލުހުންނާ ހަވާލުކޮށްފި

May 18, 2015

ވިލިނގިލި ޕެޓްރޯލް ކުރަން އެސްޓީއޯ އިން 10 ބައިސްކަލް ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭއްވި ރަސްމިއްޔާތެއްގައިމި ބައިސްކަލްތައް ފުލުހުންގެ ފަރާތުން ހަވާލުވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ. އަދި އެސްޓީއޯގެ ފަރާތުން ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުރީއްސުރެ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އެކިއެކި އެހީތައް ވަމުން ދާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ މި މިހުއްމު ގައުމީ ވާޖިބު އަދާ ކުރުމުގައި ވެވުނު މިންވަރަކުން އެސްޓީއޯ އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" ޝަހީރު ވިދާޅުވި އެވެ.

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަވީން ވިދާޅުވީ އެސްޓީއޯ އިން ދެއްވި މި އެހީއަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވިލިމާލެ ޕެޓްރޯލް ކުރުމަށް އެސްޓީއޯ އިން މި ދެއްވި އެހީއަކީ އެރަށުގައި މޮޓޯ ސައިކަލްގެ ބަދަލުގައި ބައިސްކަލު ދުއްވުމަށް ދެވޭ ހިތްވަރެއްކަމަށް ވިދާޅުވި އެވެ.