ދުނިޔެ

ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޕާލަމެންޓަށް ހުށަހެޅި މައްސަލަ އޭނާ ކާމިޔާބުކުރައްވައި މަގާމު ދިފާއު ކުރައްވައިފިއެވެ.

ސިލޯން ޓުޑޭ ނޫހުން ބުނީ ރަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި އޭނާއާ އެއްކޮޅަށް 122 ވޯޓު ލިބުނު ކަމަށާއި ދެކޮޅަށް ލިބުނީ 76 ވޯޓު ކަމަށެވެ. އަދި ބުނީ ވޯޓު ލީ އިރު ލަންކާ ޕާލަމެންޓުގެ 26 މެމްބަރަކު ޕާލަމެންޓްގެ ޗެމްބަރުގައި ވަޑައިގެން ނެތް ކަމަށެވެެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެއްދި އިރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ނިންމާފައި ވޯޓްގައި ބައިވެރި ނުވުމަށެވެ.

ނަމަވެސް އިއްޔެއާ ހަމައަށް އެޕާޓީން ބުނަމުން އައީ ރަނިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓުދޭނެ ކަމަށެވެ.އެސްއެލްއެފްޕީގެ ބައެއް މެމްބަރުން މިއަދުވެސް ބުނީ ރަނިލްއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށެވެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެއްދި އިރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން މިހާރު ނިންމާފައި އެ ވޯޓްގައި ބައިވެރި ނުވުމަށެވެ. ނަމަވެސް އިއްޔެއާ ހަމައަށް އެޕާޓީން ބުނަމުން އައީ ރަނިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓުދޭނެ ކަމަށެވެ