ވިޔަފާރި

އީވޯ ހޯމްގެ ބިޑް އެންޑް ވިން ޕްރޮމޯޝަންގެ އިނާމުދީފި

May 19, 2015

އީވޯ ހޯމްގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ބިޑް އެންޑް ވިން" ޕްރޮމޯޝަންގެ އިނާމު ހަވާލުކޮށްފި އެވެ.

ބިޑްކޮށްގެން އިނާމު ލިބޭ ގޮތަށް އީވޯ ހޯމް އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި އިނާމު ދިނީ އެންމެ މަތީ ބިޑެއް ހުށަހަޅާ ފަރާތަކަށެވެ. އިނާމަކަށް ދީފައިވަނީ "ކެޕްޓަން ޝާކޭ" ގެ ނަން ދީފައިވާ ކުޑަކުދިންގެ ބެޑްރޫމް ސެޓަކެވެ. މި ސެޓުގެ ޖުމްލަ އަގަކީ 75،000ރ. އެވެ.

އީވޯ ހޯމްއަށް ގޮސް ބިޑްކުރާ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ އިނާމު ލިބުނީ މުހައްމަދު ޝިފާއު އަށެވެ.

"ގިނަ ބަޔަކު ބިޑު ކުރި. މީގެ ތެރެއިން ޝިފާއުއަށް މި އިނާމު ލިބުނީ،" ރިޒްމާ ވިދާޅުވި އެވެ.

އިވޯ ހޯމްއިން މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ މަޖީދީ މަގު ފިހާރާގަ އެވެ. އީވޯ ހޯމް އިން ދަނީ ވިޔަފާރި ފުޅާކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ފްލޯރިން ވިއްކުމަށް ހާއްސަ ފިހާރައެއް މިހާރު ވަނީ ހުޅުވާފަ އެވެ.