ވިޔަފާރި

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިގިއްޔަށް

އުރީދޫން ސުޕަނެޓް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިނގިއްޔަން ދޫކޮށްފި އެވެ.

އުރީދޫން ބުނީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިގިލީގައި މިއަދު ތައާރަފްކޮށްފައިވާ ކަމަށާ، މިކަމުގެ އުފަލުގައި އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ އޮފާ އެއް މެދުވެރިކޮށް، މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ހިޔާރު ކުރައްވާ ބޭފުޅުންނަށް، އެއް އަހަރުގެ މަހުފީއިން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

ވިލިގިލީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމުގައި އެެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައި އެވެ.

އުރީދޫގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިޤްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި، އިންޓަނެޓް ފާހަގަކުރެނިވި ދައުރެެއް އަދާކުރާ ކަމަށެވެ. މިގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ފުރިހަމަ އަހަމިއްޔަތުކަންދޭ ކަމެއް ކަމަށެވެ.

"މަސައްކަތުގެ ދަށުން، ވިލިގިލީގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭގޖު އުރީދޫ އިން ފޯރުކޮށްދެ އެވެ. އަދި މި ހިދުމަތާއި އެކު، ވިލިގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފަ އެވެ.ވިލިގިއްޔަށް ސުޕަނެޓްގެ ހިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ މޯލްޑިވްސް އިނޮވޭޝަން ކޮމްޕެނީ އެވެ.