ވިޔަފާރި

އެމްޓީޑީސީ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަސް ޑިރެކްޓަރުން ހޯދަނީ

Apr 13, 2018

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލް ކުރާނެ ފަސް ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް ފައްކާ ކުރަން ސަރުކާރުން އުފެއްދި ކުންފުނިން ބުނީ އެ ކުންފުނީގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލް ކުރާނެ ފަސް ޑިރެކްޓަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އެދޭ ކަމަށެވެ. އަދި އެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެމްޓީޑީސީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރަން މިހާރު ތިއްބަވަނީ ޗެއާމަން އަލީ ނިޝާގެ އިތުރުން އެމްޑީ އަބްދުﷲ ޝުޖާއު އާއި ފަޒްލީ އަބްދުލް ވައްހާބުގެ އިތުރުން އަބްދުﷲ ނިޝާން އަދި އަބްދުﷲ ސައީދު އާއި އައިޝަތު ފަޒީނާ އަދި އަމީނާ މުހައްމަދު އެވެ.