ވިޔަފާރި

މަޝްހޫރު "ޗިކިންގް" ރަސްފަންނަށް

Apr 17, 2018
3

ފްރެންޗައިޒް "ޗިކިންގް" ގެ ރެސްޓޯރެންޓެއް ރަސްފަންނު ޕެވިލިއަންގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ޕެވިލިއަންގެ ތިރީގައި ހަދަމުން ގެންދާ ޗިކިންގް ރެސްޓޯރެންޓް އަންނަ ހަފުތާ ހިސާބު ހުޅުވާނެ އެވެ.

ޗިކިންގްގެ ރެސްޓޯރެންޓެއް ރަސްފަންނުގައި ހުޅުވާއިރު، އެތަނުގައި މިހާރުވެސް އޮސްޓްރޭލިޔާގެ ގްލޯރިއާ ކޮފީގެ ޕެވިލިއަންއެެއް ދަނީ ހިންގަމުންނެވެ.

ޗިކިންގް ރެސްޓޯރެންޓް ގެންނާނެކަން ދިވެހި ކުންފުންޏަަކުން ކުރިން އިއުލާނުކޮށްފައިވެ އެވެ.

ޗިކިންގުން ވަނީ މި އަހަރު ނިއުޒީލޭންޑާއި ޔޫރަޕްގެ ބައެއް ގައުމުގައި ވެސް ހުޅުވަން ނިންމާފަ އެވެ. އަދި ގަލްފާއި ހުޅަނގު އެފްރިކާއަށް ވެސް ވިޔަފާރި ފުޅާކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަލާލް ސެޓިފައިޑް ފްރެންޗައިޒް މި ބްރޭންޑްގެ 100 އަށްވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ ހަތް ގައުމެއްގައި މިހާރު ވެސް ހުރެ އެވެ.

ރާއްޖޭގައި މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒްތައް ތައާރަފްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މޭރީ ބްރައުން، ސީކްރެޓް ރެސިޕީ، ބާގާ ކިންގް، ތައި އެކްސްޕްރެސް އަދި ކޮފީ ކްލަބް ހިމެނެ އެވެ. މީގެ އިތުރުން ދާދިފަހުން ވަނީ ޕިއްޒާހަޓްގެ ތަނެއްވެސް ހުޅުވާފަ އެވެ.