chattelegramwhatsappviber google-plus twitter facebook

ރާއްޖެ

އީސީގެ ތަރުޖަމާނަކަށް މެމްބަރު އަކްރަމް ހަމަޖައްސައިފި

މެންބަރު އަހުމަދު އަކްރަމް --

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްޕޯކްސް ޕާސަން ކަމަށް އަކުރަމް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ 403 ވަނަ އާންމު ޖަލްސާ އިން ކަމަށެވެ.

އީސީގެ ތަރުޖަމާނަކަށް އަކްރަމް މިއަދު ހަމަޖެއްސި ނަމަވެސް މީގެ ކުރިން ވެސް ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން އާންމުކޮށް މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަނީ އަކްރަމް އެވެ. އޭނާއަކީ މީޑިއާތަކާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްވެސްމެ އެވެ.

ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އީސީއަށް ތަރުޖަމާނަކު ރަސްމީކޮށް މިއަދު ކަނޑއަޅާފައިވާއިރު، ރިޔާސީ އިންތިހާބު ބާއްވަން އޮތީ ކުޑަ ދުވަސްކޮޅެކެވެ. އެކޮމިޝަނުން ބުނީ އިލެކްޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓެޑް މައުލޫމާތު ހިއްސާކުރުމަށް މިފަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ބަލަފުވާދޫ

    މީގެ ކުރީ ކޮމިޝަނުންވެސް ހަމަ ތިގޮތަށް ސްޕޯކްސްޕަރސަން އެއް ކަނޑައެޅި، ހަމައެކަނި ރައީސަށް މީޑިޔާއަށް މައުލޫމާތު ދެވޭގޮތަށް. ހަމަ ރަސްމީ ޖަލްސާއެއްގައި. އެކަމަކު ފުވާދު ތައުފީގު ފަހުން ނޫސްތަކުގައި ބުނެފައި އެބަހުރި މިވެނި އެވެނި މެންބަރަކު މައުލޫމާތު ނުދެނިއްޔޭ ނޫހަށް!!!!! އެކަހަލަ ކަޑަ ކަމެއް މިފަހަރު ކޮމިޝަންގެ އާރައީސް ނުކުރައްވާނެ ކަމަށް ހީކުރަން.

    2
    CLOSE

ފަހުގެ ޚަބަރު