ވިޔަފާރި

އެސްޓާސް ބިގް އޮރެންޖް ސޭލް މަޖީދީ މަަގަށް!

Apr 17, 2018
1

ފިހާރައިގެ ދޮރު ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ރީތި ބިއްލޫރި ތަށި ތަކެވެ. އޭގެ ވިދުން ގަދަ އެވެ. ހިތް ދަމައި ގަންނަ ގޮތެއް ހުރެ އެވެ. އެތެރެ އަށް ވަދެ، ބަލައިތަނުން ދެން ފެނުނީ އެކި ސައިޒުގެ އުލާއި ސަމުސާ އަދި ވަޅި އެވެ. އެހެންވެ، އިސް އުފުލާލައި ފިހާރައިގެ އެތެރެ ރަނގަޅަށް ބަލައިލީމެވެ. އަސްތާ... މި ތަނުގައި ނެތީ ކޮން އެއްޗެއް ހެއްޔެވެ؟ ގެއަކަށް ބޭނުން ވާނެ، ހުރިހާ އެއްޗެއް މި އޮތީ ލިބޭށެވެ. ދޮންނަ މެޝިނާއި އިސްތިރި އަދި ރައިސް ކުރަކުން،، އައިސް އަލަމާރި އާއި މޮބައިލް ފޯނު ވެސް މި ތަނުގައި އެބަހުއްޓެވެ. މިއީ އެސްޓާސް އިން ރޯދަ އަށް ފަށާފައިވާ ""ދަ ބިގް އޮރެންޖް ސޭލް" އަށް ހާއްސަ ފިހާރަ އެވެ. "އެސްޓާސް ބިގް އޮރެންޖު ސޭލް" މި އޮތީ މަޖީދީ މަގުގައި ފެށިފަ އެވެ.

ފިހާރައި ގެ ތެރެ އަށް ވަތް ވަރަކަށް ސުވާލުތައް ދިޔައީ އިތުރުވަމުންނެވެ. ހިތް ދިޔައީ ދަހިވަމުންނެވެ. އެހެންވެ، ސޭލްސް ކުއްޖެއްގެ ކައިރީ އެހީމެވެ. "މި ރަނގަޅު ވާނެ ދޯ؟" "އާ ތިއީ ހަމަ ރިސޯޓު ކޮލިޓީގެ ތަށި!" ސޭލްސް ކުއްޖާގެ ޖަވާބަކީ މި އެވެ.

އެސްޓާސް އިން ލިބެން ހުރީ މި ފެންވަރުގެ އެއްޗިއްސެވެ. މި ތަނުގައި ހުރި ތެލި ސެޓާއި ޓޯސްޓަރު އަދި މި ނޫން ވެސް ގިނަ ސާމާނަކީ މަޝްހޫރު "ޝެފިންސް" ބްރޭންޑުގެ މޮޅު ތަކެއްޗެވެ. މި ތަކެއްޗަކީ ރިސޯޓުތަކުގެ ބަދިގެތަކުގައި ވެސް ބޭނުން ކުރެވޭ ފެންވަރު ފެންވަރު ރަނގަޅު ސާމާނެވެ. ސައިބޯ ޖޯޑާއި ކާ ތަށި ވެސް އެބަހުއްޓެވެ. މިތަނުން އަވަން ވެސް ވިއްކަ އެވެ. މި ހުރީ ހައްތަހާ ވެސް ރޯދަ އަށް ބޭނުންވާނެ ސާމާނެވެ. މި ތަނުން ރައިސް ކުކާއެއް އެންމެ 399ރ. އަށް ލިބެން އެބަހުއްޓެވެ. މިއީ އެސްޓާސްގެ އެންމެ ހާއްސަ އެއް ސިފަ އެވެ. ކޮލިޓީ ތަކެތި އަގު ހެޔޮކޮށް ވިއްކުމަކީ އެސްޓާސްގެ އެންމެ ސަޅި ކަމެވެ.

މަޖީދީ މަގު ސީކްރެޓް ރެސިޕީ ކައިރީގައި ހުޅުވާފައިވާ މި ފިހާރަ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ދަ ބިގް އޮރެންޖް ސޭލް" ގައި މި ސޭލްގައި ސޯފާ އާއި ޑައިނިންގެ ސެޓް އަދި ޓީވީގ އަގު ވެސް ވަނީ ބޮޑު ތަކުން ހެޔޮކޮށްލާފަ އެވެ. ސޯފާގެ އަގުތައް 999 ރުފިޔާ އިން ފެށިގެން ހެޔޮ އަގުތަކުގައި ލިބޭނެ އެވެ. ޑައިނިން ސެޓްގެ އަގުތައް އަތް ފޯރާ ފަށަށް ތިރިވެ 1777 - 2999 ރުފިޔާއާ ދެމެދުގައި ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ޓީވީ އަށް ބަލާލާއިރު 40" އިންޗި ޓީވީ އެއް 3999ރ. އާ އަށް އަދި 65" އިންޗި އަލްޓަރާ ހައި ޑެފިނީޝަން ސްމާޓް ޓީވީ 14999ރ. އަށް ލިބެން އެބަހުއްޓެވެ. ކުރިއަށް ފެށެން އޮތް ރޯދަމަހާއި ވޯލްޑްކަޕަށް ވިސްނާލިޔަސް މިއީ ދޫކޮށްލާ ވަރު ފުރުސަތެއް ނޫނެވެ

އެންމެ ބޮޑު ޓީވީ ވެސް މިތަނުގަ!

އާއްމުކޮށް އަހަރެމެން ގޭގޭގައި ބަހައްޓާ ޓީވީގެ އެންމެ ބޮޑު ސައިޒަކީ 60 އިންޗި އެވެ. އެކަމަކު އެސްޓާސްގެ މި ފިހާރާގައި 85 އިންޗީގެ ބޮޑު ޓީވީއެއް ދައްކައިލަން ބަހައްޓާފައި އެބަހުއްޓެވެ. ޕީއެސްޖީގެ ތަރި، ނޭމާ ބްރޭންޑް އެމްބެސެޑަރުކަން ކުރާ ޓީސީއެލް ބްރޭންޑުގެ މި ޓީވީ އެސްޓާސް އިން ޕްރީ- އޯޑަރު ދިނުމުން ގެނެސްވެސް ދޭނެ އެވެ.

މި ޓީވީގެ މަންޒަރުތަކާއި ކުލަތައް އަދި މީގެ އަޑުތައް ވެސް ސާފެވެ. އެހެންވެ މިއީ "ހޯމް ތިއޭޓާ" ސިސްޓަމެއްގެ ގޮތުގައި ވެސް ބެލިދާނެ އެވެ. ހަމަ ގައިމު ވެސް މިވަރުގެ ޓީވީ އަކުން "ޖަގައެއްގައި" ވޯލްޑް ކަޕް ބަލައިލާއިރު ހީވާނީ ހަމަ ރަޝީޔާގެ ދަނޑެއްގައި މެޗު ބަލައިލެވޭހެނެވެ. އެހެންވެ، މި ފިހާރަ އަށް ވަންނަ ކޮންމެ މީހަކު ވެސް "ބޮޑު ޓީވީ" ގައި އަތް ކާތާލާފައި ނޫނީ ނުދާނެ އެވެ.

ކޮންމެއަކަސް އެސްޓާސް "ދަ ބިގް އޮރެންޖް ސޭލް" މި ވަނީ މަޖީދީ މަގާ ހަމަ އަށް ގޮސްފަ އެވެ. އެހެންވެ ގެއަށް ބޭނުންވާ އެއްޗެއް ގަންނަމަ މި ފިހާރަ އަށް ވަދެލަން އެބަ ޖެހެ އެވެ.