ހަބަރު

ޖޮއިންޓް ޕެޓްރޯލަކަށް އިންޑިޔާގެ ނޭވީ ޝިޕް "ކޮރާ" ރާއްޖެއަށް

May 19, 2015

ޖޮއިންޓް ޕެޓްރޯލެއްގައި ބައިވެރިވާން އިންޑިއަން ނޭވީ ޝިޕެއް ރާއްޖެއަށް ޒިޔާރަތްކޮށްފި އެވ.

"އައިއެންއެސް ކޮރާ" މިއަދު ރާއްޖެ އައުމުން މަރުހަބާ ކިޔުމަށް އެމްއެންޑީއެފްގެ އިސް އޮފިސަރުން ވަނީ "އައިއެންއެސް ކޮރާ" އަށް ޒިޔާރަތްކޮށްފަ އެވެ. މިި ޒިޔާރަތުގައި މަނަވަރުގެ އިސް އޮފިސަރުންނާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ވަނީ ބައްދަލުކުރައްވާފަ އެވެ.

ޖޮއިންޓް ޕެޓްރޯލްގައި ބައިވެރިވުމަށްޓަކައި މިމަހު 17 ވަނަ ދުވަހު ރާއްޖެއައި މި މަނަވަރު ޕެޓްރޯލް ނިންމާލުމަށް ފަހު ރާއްޖެއިން ފުރާނީ މެއި 22 ވަނަ ދުވަހު އެވެ.