ހަބަރު

ލިލީ ގުދަން އެނދި ހާދިސާގައި ގެއްލުންވި 7 ގެއަކަށް ބަދަލު ދެނީ

May 19, 2015

މ. އޯކްވިލާގައި ހުރި ލިލީ ގުދަނުގައި ރޯވެ އަނދައިގެން ދިޔަ ހާދިސާގައި ގެއްލުންތައް ލިބުނު ހަތް ގެއަކަށް ލިބުނު ގެއްލުންތަކަށް ބަދަލުދޭން ނިންމައިފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދިން އިންޓަވިއުއެއްގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އަލިފާނުގެ އެ ހާދިސާގެ ތެރޭގައި ގުދަން ހުރި ސަރަހައްދުން ގެއްލުން ލިބުނު ގޭގެ އެސެސްކޮށްފައިވާ ކަމަށާއި ހަތް ގެއަކަށް ބަދަލު ދޭނެ ކަމަށެވެ.

ބަދަލު ދެނީ ގެއްލުން ލިބުނު ގެތަކުގެ މަރާމާތަށައި ތަކެއްޗަށް ލިބިފައިވާ ގެއްލުންތަކުކަށްވާ ހަރަދު އެގޭގެ އަށް ދެއެވެ. ރައީސް އޮފީހުން ހުއްދަ ދިނުމުން އެ ގޭގެއަށް ބަދަލު ދޭނެ ކަމަށް ވެސް ބުންޏެވެ.

ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާގައި ގުދަން އެއްކޮށް މުދަލާއެކު އަނދައިގެން ދިޔައީ މިދިއަ މާޗް މަހުގެ ތެރޭގަ އެވެ. އެ ހާ ދިސާގައި ގުދަނުން އަނދައިގެން ދިޔަ ތަކެއްޗަށް  30 މިލިޔަން ރުފިޔާގެ ގެއްލުން ލިބުނެވެ.