ދުނިޔެ

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

ބާބަރާ ބުޝް އެމެރިކާގެ ފަސްޓްލޭޑީގެ ގޮތުގައި ހުންނެވީ 1989 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށެވެ. ބާބަރާގެ ފިރިކަލުން ޖޯޖް އެޗްޑަބްލިއު ބުޝްގެ އިތުރުން ދަރިކަލުން ޖޯޖްޑަބްލިއު ބުޝްވެސް އެމެރިކާގެ ރައީސްކަން ކުރެއްވިއެވެ. ޖޯޖް ޑަބްލިއު ބުޝް ރައީސްކަން ކުރެއްވީ 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަށެވެ. އެެއީ ދެދައުރެވެ. އެގޮތުން ބާބަރާ ވެވަޑައިގެންފައި ވަނީ ފިރިކަލުންނާއި ދަރިކަލުން ރައީސްކަމުގެ ހުވާ ކުރެއްވިތަން ދެކެވަޑައިގެންނެވި އެމެެރިކާގެ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ބާބާރާ ބުޝް އާލާސްކަންފުޅަކަަށް ފަރުވާ ހޯއްދަވާކަންް ބުޝް އާއިލާއިން ދާދިފަހުން ހާމަކުރިއެވެ. ނަމަަވެސް އޭނާގެ އާލާސްކަންފުޅާ ބެހޭ ތަފުސީލެއް ހާމައެއް ނުކުރެއެވެ. އޭނާ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުން ހުއްޓަވާލައްވައި އާއިލާގެ ގާތަށް ވަޑައިގެންނެވިކަން މިހަފުތާގައި އިއުލާނު ކުރިއެވެ.

ބާބަރާ އަވަހާރަވުމުމުން އެކަމަނާގެ ދަރިކަލުންނާއި ފިރިކަލުން އަދި ކުރީގެ އަނެއް ދެރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ބަރަކް އޮބާމާ ވަނީ އޭނާއަށް ތައުރީފު އޮއްސަވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްވެސް ވަނީ ބާބަރާއަށް ތައުރީފުކުރައްވާފައެވެ.

ބާބަރާ ބުޝްއަކީ ފަސްޓްލޭޑީއެއްގެ އިތުރުން އެމެރިކާގަައި ލިޔަން ކިޔަން ދަސްކޮށްދިނުަމަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ވެސް މަޝްހޫރު ބޭފުޅެކެވެ.