ވިޔަފާރި

ކޮންމެ ދުވަހަކު ގިފްޓް ވައުޗާއެއް ލިބޭ ޕްރޮމޯޝަނެއް ސޮނީ ހާޑްވެއާއިން

Apr 18, 2018

ސޮނީ ހާޑްވެއާއިން ރޯދަމަހަށް ހާއްސަކޮށް "ރޯދަ ބާޒާރު"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސޮނީ ހާޑްވެއާއިން ބުނީ، ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި ކޮންމެދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗައެއްވެސް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހު 15 އިން ފެށިގެން އަންނަ މަހުގެ 20 ގެ ނިޔަލަށެވެ.

ސޮނީ ހާޑްވެއާއިން ބުނީ، މައިގަނޑު ގޮތެއްގައި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަ ސީން އާއި ސޮނީ ހާރޑްވެއާ ފިހާރާގައި ކަމަށާއި ސޮނީ ހާރޑްވެއާގެ އެހެނިހެން ފިހާރަތަކުގައިވެސް ސޭލް ކުރިއަށްދާނެ ކަމަށެވެ.

ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ރޯދަމަހަށް ހާއްސަކޮށް ގެެނެސްފައިވާ ފުރާންސް ގެ ބްރޭންޑެއް ކަމަށްވާ ޓިފަލް އަދި މޮލިނެކްސް ބްރޭންޑްގެ ބަދިގެ ސާމާނާއި ގޭތެރެޒީނަތްތެރި ކުރުމަށް ބޭނުންވާ އެންމެހާ ސާމާނާއި ލައިޓިން ސާމާނާއި ތަށިމުށި ހެޔޮ އަގެއްގައި ލިބެންހުންނާ ކަމަށެވެ. މީގެ އިތުރުން ޔޫރަޕްގެ ނަންމަސްހޫރު ބްރޭންޑްތައް ކަމަށްވާ އޮސްރާމްއާ ޖޮސެފް ޖޮސެފްއާ ލައިފައިޓާއި ބްރަބާންޝިއާ އަދި އެމެރިކާގެ މަސްހޫރު ކޮރޭލް ބްރޭންޑް ގެ ސާމާނުވެސް ވަރަސް ހެޔޔޮ އަގުގައި ލިބެން ހުންނާނެ ކަމަަށް ސޮނީ ހާޑްވެއާއިން ބުންޏެވެ.

ސޮނީ ހާޑްވެއާއިން ބުނީ، ލަކީޑްރޯ ނެގުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރާގައި ކަމަށެވެ. ގުރުއަތުން ހޮވޭ ފަރާތް ކޮންމެ ދުވަހަކު ވެސް ސޮނީހާޑްވެއާ ވެބްސައިޓުންނާއި ފޭސްބުކްޕޭޖް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ.

ސޮނީ ހާޑްވެއާގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުންޏެވެ. އެ ކުންފުނިން މާލޭގައި އެކަނި ހާޑްވެއާ ހަތް ފިހާރަ ހިންގަމުންދެ އެވެ.