ވިޔަފާރި

ގެސްޓްހައުސްތަކަށް އަންނަ ޗައިނާ މީހުން ހޭލުންތެރި ކުރުވަނީ

Apr 21, 2018

ގެސްޓްހައުސް ތަކަށް އަންނަ ޗައިނާ ޓޫރިސްޓުންގެ ހޭލުންތެރި ކުރުވަން މަސައްކަތްތަކެއް ކުރަން މޯލްޑިވްސް ގެސްޓް ހައުސް މޯލްޑިވްސް (ގޭމް) އިން ޗައިނާ އެމްބަސީއާއެކު ފަށައިފި އެވެ.

ގޭމްގެ ރައީސް އަހުމަދު ކަރަމް ވަނީ ހާއްސަ މަސައްކަތް ތަކެއް ކުރުމުގެ ގޮތުން، ޗައިނާ ސަފީރު ޖަންގް ލިޖޮންގް އާ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން ކަރަމް ވިދާޅުވީ ޗައިނާ ސަފީރާއެކު ކުރި މަޝްވަރާތަކުގައި ޗައިނާ ޓޫރިސްޓުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅު ތަކެއް އަޅޭނެ ގޮތްތަކާމެދު ވާހަކަ ދެކެވުނު ކަމަށެވެ. އަދި ކުރި އަށް އޮތް ދުވަސްތަކުގައި ޗައިނާ އެމްބަސީއާއެކު ގުޅިގެން މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗައިނާ ބަހުން ސޭފްޓީ މައުލޫމާތު ދިނުން ފަދަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު،" ކަރަމް ވިދާޅުވި އެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ޗައިނާ މީހުން އަންނައިރު، ގެސްޓްހައުސްތަކަށް ވެސް މީގެ ޕަސެންޓެއް ހިމެނެ އެވެ. އަދި ޗައިނާ އިން އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނގިގެން މަރުވުން ފަދަަ ހާދިސާތައް ގިނައިން ހިންގަ އެވެ.

ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 72,539 މީހުން އައިސްފައިވެ އެވެ.