ހަބަރު

ބޯކޮށް ވާރޭވެހި އައްޑޫ ފޭދޫގައި ފެންބޮޑުވެއްޖެ

Apr 20, 2018
1

ބޯކޮށް ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

މިދުވަސްވަރު ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރަވެ ވާރޭ ވެހޭ ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު އެ ސަރަހައްދަށް އިއްޔެއިން ފެށިގެން ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަލީ ފަހުމީ އަހުމަދު "އަވަސް" އަށް ވިދާޅުވީ މަރަދޫ ފޭދޫއަށް ބޯކޮށް ވޭރޭ ވެހޭތާ ދެދުވަސް ވެފައިވާ ކަމަށާއި ގެތަކަށް ފެން ވަންނަ ވަރަށް މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

ފޭދުއަކީ ފެންހިންދާ ނިޒާމެއް ގާއިމްކޮށްފައިވާ ރަށެކެވެ. ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ހިސާބުގައި އާންމުންނަށް ދަތިވާ ވަރަށް ފެންބޮޑުވެ އެވެ.

ފޭދޫގައި ފެންބޮޑުވެފައިވާއިރު ފެން ހިންދުމުގެ މަސައްކަތް މިއަދު މެންދުރުން ފެށިގެން އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.