ވިޔަފާރި

އީވޯއަށް ފަސް އަހަރު: ހެޔޮޮކޮށް މަތި މައްޗަށް ޑިސްކައުންޓް!

Apr 21, 2018

އީވޯގެ ފިހާރަތަކުގައި މިމަހުގެ ކުރީ ކޮޅުން ފެށިގެން ރޯދައަށް ޕްރޮމޯޝަން ވަނީ ފެށިފަ އެވެ. މި ސޭލަށް އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ. އަގު ހެޔޮކޮށްފައި ވަނިކޮށް މިވަނީ އީވޯ އުފެދުނުތާ ފަސް އަހަރު ފުރިފަ އެވެ. މިއާއެކު މި މުނާސަބަތުގައި މިވަނީ އަގުތައް އިތުރަށް ހެޔޮކޮށް، މަތި މައްޗަށް ޑިސްކައުންޓް އަޅުވާފައެވެ.

އީވޯގެ ވިޔަފާރި އުފެދުނުތާ ފަސް އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އިވޯ ހޯމްގައި މިވަނީ އިތުރު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ކޮންމެ އެއްޗަކުންވެސް އިތުރު 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ދެހާސް ތޭރަވަނަ އަހަރު އުފެދުނު އީވޯއަކީ ޔޫރަޕުގެ އެންމެ މަގުބޫލު ބްރޭންޑްތައް ދިވެހިންނާ ހަމައަށް ގެނެސްދިން ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ތެރޭގައި ޖަރުމަނުގެ ނަމްބަރު ވަން ކިޗަން ބްރޭންޑް "ނޮލްޓޭ ކިޗަން" އާއި "އެކްސްޕްރެސް ކިޗަން" ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.

އީވޯގެ ވިޔަފާރި ފުޅާކޮށް "އީވޯހޯމް އާއި "އީވޯފްލޯރިން" އަދި "އީވޯ ސާފޭސް" ގެ ނަމުގައި ތަފާތު އުފެއްދުންތައް ދަނީ ވިއްކަމުންނެވެ.