ކުޅިވަރު

ދީމާއަށް ރިހި މެޑަލް، ރާއްޖެއަށް ލޯ މެޑަލް

ހޯޕްސް ކެޓަގަރީގެ ސިންގަލްސް އިވެންޓްގައި ލަންކާގެ ކުޅުންތެރިޔާގެ މައްޗަށް ކާމިޔާބު ހޯދައި ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައިފި އެވެ.

ދީމާ މޮޅުވީ ސީދާ ތިން ގޭމުން ނެވެ. ހޯޕްސް ކެޓަގަރީ އަކީ އުމުރުން 12 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. އުމުރުން 15 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށްވާ، ކެޑޭޓް ކެޓަގަރީން ޓީމު އިވެންޓްގައި ރާއްޖެއިން ވަނީ ބްރައުންޒް މެޑަލް ހޯދާފަ އެވެ.

ކެޑޭޓް ކެޓަގަރީން ރަފާ ނާޒިމު ވަނީ ލަންކާގެ ކުޅުންތެރިޔާ 3-2 ގޭމުން ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޖޫނިއާ ކެޓަގަރީން ސްރީލަންކާގެ ކުޅުންތެރިޔާ ބަލިކޮށް ރަފާ ވަނީ ސެމީފައިނަލަށް ދަތުރު ކޮށްފަ އެވެ. ޖޫނިއާ ކެޓަގަރީގެ ސެމީފައިނަލަށްވެސް އޭނާ ދިޔައީ 3-2 ގޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ކެޑޭޓް ކެޓަގަރީގެ ސެމީ ފައިނލުގައި ރަފާ ވާދަ ކުރާނީ އިންޑިއާގެ ޓްރީޝާ ގޯގީއާ ދެކޮޅަށެވެ. ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލުގައިވެސް ރަފާ ވާދަ ކުރާނީ އިންޑިއާގެ ކުޅުންތެރިޔެއް ކަމަށްވާ ޔަޝްނީ ޝްވަޝަންކަރުއާ ދެކޮޅަށެވެ.