ދުނިޔެ

ދުނިޔޭގެ އެންމެ މުސްކުޅިމީހާ އުމުރުން 117 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ މުސްކުޅިމީހާގެ ގޮތުގައި މީގެ ހަތްމަސްދުވަސްކުރިން ބަލަންފެށި ޖަޕާނުގެ އަންހެނަކު އުމުރުން 117 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

ޖަޕާނުގެ ކިޔޯޑޯ ނިއުސްއެޖެންސީއާ ހަވާލާދީ ރޮއިޓާސް ބުނީ 1900 ވަނަ އަހަރު އުފަންފި ނާބީ ތަޖީމާ ނަމަކަށް ކިޔާ އަންހެންމީހާ މަރުވީ އޭނާ ދިރިއުޅެމުން އައި ކިކައިޖީމާ ނަމަކަށް ކިޔާ ރަށުގެ ހޮސްޕިޓަލެއްގައި މުސްކުޅިބަލީގައި ކަމަށެވެ. އޭނާއަކީ ދުނިޔޭގެ އެންމެ މުސްކުޅިމީހާގެ ގޮތުގައި މީގެ ހަތްމަސް ކުރިން ފެށިގެން ބެލި ނަމަވެސް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް އޭނާގެ ނަން އޮތީ ނާރުވައެވެ. އޭނާ މަރުވެގައި މިވަނީ އެފޮތަށް ނަން އަރުވަން ވެގެން ބަލަން ޖެހޭ ބެލުންތައް ބަލަމުން އަންނަނިކޮށެވެ.

ތަޖީމާގެ ކުރިން ދުނިޔޭގެ އެންމެ މުސްކުޅިމީހާ ކަމަށް ބަލަމުން އައީ ޖެމެއިކާގެ ވަަޔަލެޓް ބްރައުން ނަމަކަށް ކިޔާ މީހެކެވެ. އެމީހާ މަރުވުމުން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ ގޮތުގައި އެރުވީ އުމުރުން 112 އަހަރުވެފައި ހުރި ޖަޕާނުމީހެކެވެ. މަސާޒޯ މޮނާކާ ނަމަކަށް ކިޔާ އެމީހާގެ ނަން ގިނިސް ބުކް އޮފް ވޯލްޑް ރެެކޯޑްސްއަށް އެރުވޫ މަހެއްހާ ދުވަސް ކުރިންނެވެ.

ޖަޕާނުގައި އުމުރުން 100 އަހަރަށް ވުރެ މަތިވެފައިވާ 67824 މީހުން މިހާރު އެބަތިއްބެވެ. އެގައުމުގައި 1963 ވަަނަ އަހަރު ތިބީ އެއުމުރުގެ 153 މީހުންނެވެ.