ހަބަރު

އައިއެންއައިއޭގައި ޓޫރިސްޓު ޕޮލިސް ހެލްޕް ޑެސްކެއް ގާއިމްކޮށްފި

May 20, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގައި ޓުއަރިސްޓް ޕޮލިސް ޔުނިޓްގެ ހެލްޕް ޑެސްކެއް ޤާއިމްކޮށްފިއެވެ.

އިއްޔެ އައިއެންއައިއޭގެ އައިލެންޑް އޭވިއޭޝަންގެ ލޯންޖްގައި އޮތް ރަސްމިއްޔާތެއްގައި މި ޑެސްކް ހުޅުއްވައިދެއްވައި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދިލް މޫސާ ވިދާޅުވީ ރާއްޖެއަންނަ ޓުއަރިސްޓުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދީ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރިހާ އެހީތެރިކަމަށް އެމްއޭސީއެލް އިން ޓުއަރިސްޓް ޕޮލިސް ޔުނިޓަށް ދޭނެ ކަމަށެވެ.