ހަބަރު

ހަތިޔާރުން ބިރުއްދެއްކި މީހަކު އެއް އަހަރާއި ހަމަހަށް ޖަލަށް

May 20, 2015

ނުރައްކާތެރި ހަތިޔާރުން ބިރުއްދެއްކި މީހަކު އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ ނ. ވެލިދޫ، ދަންވަރުގޭ އަޙްމަދު ކަލީމް 38، ގެ މައްޗަށެވެ.

ހުކުމުގައި ބުނަނީ އެ ކުށަށް ކަލީމް އިންކާރު ކުރި ނަމަވެސް ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައިވާތީ، އަޙްމަދު ކަލީމްގެ މައްޗަށް ދަޢުލަތުން ކުރައްވާ ނުރައްކާތެރި ހަތިޔާރާއެކު ބިރުދެއްކިކަމުގެ ދަޢުވާ ސާބިތުވެއްޖެ ކަމަށެވެ.