ވިޔަފާރި

މަސީ ދިގުކޮށް ކިޔޭ ގޮތް ބަދަލުކޮށްފި

Apr 25, 2018
2

ކުރިން މަސީގެ ނަން ދިގުކޮށް ކިޔަމުން އައި ގޮތް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބަދަލުގައި، ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އަށް ބަދަލުކޮށްފި އެވެ.

މަސީއިން ރޭ، ޗަމްޕާ ސެންޓްރަލްގައި ބޭއްވި 16 ވަނަ އަހަރީ އާއްމު ޖަލްސާގައި މަސީގެ ނަން ދިގުކޮށް ކިޔޭ ގޮތް ބަދަލު ކުރުމުގެ އިތުރުން އެ ޖަމިއްޔާއަށް އާ ބޯޑެއްވެސް ވަނީ ހޮވާފަ އެވެ. ކުރިއަށް އޮތް ދައުރަށް މިފަހަރު ވެސް ހޮވާފައިވަނީ މިހާރުގެ ވެސް ރައީސް، އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

މަސީއަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ މައި ޖަމިއްޔާ އެވެ. އެ ޖަމިއްޔާއަކީ މިހާރު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފަޕްކާ) ގެ މެންބަރެކެވެ.