ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު މަސްވެރިކަމުގެ ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

Apr 25, 2018

ދުނިޔޭގެ އެންމެ ބޮޑު މަސްވެރިކަމުގެ ފެއާ ކަމަށްވާ ބެލްޖިއަމްގެ ބްރަސަލްސްގައި އޮންނަ "ސީފުޑް އެކްސްޕޯ ގްލޯބަލް" ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މަސްވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން އުފައްދާފައިވާ ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ދަށުންނެވެ. އަދި މި ފެއާއަކީ ރާއްޖެއިން ބޮޑު ހޭދައެއް ކޮށްގެން ކޮންމެ އަހަރަކު ވެސް ބައިވެރިވާ ފެއާ އެކެވެ. މި ފެއާ ސްޕޮންސާ ކޮށްފައިވަނީ ސަރުކާރުގެ މާކެޓިން ކުންފުނިން އެމްއެމްޕީއާރުސީއިންނެވެ.

މި ފެއާ ކުރިއަށްދާނީ މިމަހުގެ 24-26 ގެ ނިޔަލަށެވެ.

ސީފުޑް އެކްސްޕޯގައި ރާއްޖޭން މި އަހަރު ބައިވެރިވެފައިވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އިތުރުން މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް އާއި ހޮރައިޒަން ފިޝަރީޒް އަދި އެންސިސް ފިޝަރީޒް އާއި އޯޝަން ހަންޓާ ކުންފުނި އަދި ސީސްޕެއާ މެރިން އެވެ. މީގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވަނީ ޔޫރޯ މޯލްޑިވްސް ގްލޯބަލް ކުންފުންޏާއި އޯޝަން ފްރެޝް އަދި އޯޝަން ސީފުޑް އަދި ބިގް ފިޝް ބިގްފިޝް ކުންފުންޏެވެ.

ހަތްދިޔަ ނުވަ ގައުމަކުން ބައިވެރިވާ މި ފެއާގައި މަސްވެރިކަމުގެ ދާއިރާގެ އެންމެ ބޮޑެތި ވިޔަފާރިތަކާއި މަސްވެރިކަމުގެ ޓެކްނޮލިޖީ އަދި ދިރާސާތައް ދައްކާލަ އެވެ.