ކުޅިވަރު

ދަގަނޑޭގެ ލަނޑުން ނިއު ބެންގަލޫރު ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ލަނޑާއެކު 2-0 ނަތީޖާ އަކުން ބެންގަލޫރުގެ މައްޗަށް ނިއު ރޭޑިއަންޓުން ކާމިޔާބު ހޯދައިފި އެވެ.

މި ދިވެހި ކުލަބަކުން، އިންޑީއާގެ ގަދަ ބާރު ބެންގަލޫރުގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

ނިއުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ނިއުގެ ކުޅުންތެރިން އޭނާއަށާ ދިން ބޯޅަ ހިގައިގެން އޭރިއާގެ ކަނާ ދިމާލުން ވަދެ ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އަޝްފާގް ލަނޑު ޖެހީ، ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގައި ބެންގަލޫރު ކީޕަރުވެސް ނައްޓާލުމަށް ފަހު އަޝްފާގްގެ ކަނާތު ފައިންނެވެ.