ހަބަރު

ހިޔާއަށް ފައިސާ ހޯދާ ކަމަށް ބުނެ ފޭކު ފޯން ކޯލްތަކެއް!

Apr 26, 2018
3

ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކަށް ފޯންކޯލްތަކެއް ލިބެމުންދާކަމުގެ ރިޕޯޓް ލިބިފައިވާތީ އެކަމަށް ސަމާލުވާން ޖެންޑާ މިނިސްޓްރީން އަންގައިފި އެވެ.

ޖެންޑަ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ނަމުގައި އެފަދަ ކަމެއް ހިންގާ ކަމުގެ މައުލޫމާތު ފޯނު ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގެންޑަ މިނިސްޓްރީގެ ނަމުގައި ފޭކް ކޯލްތަކެއް ބަޔަކު ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާއިރު، ދިރާގާއި ބެންކް އޮފް މޯލްޑިވްސް ނަމުގައި މަކަރުން ފައިސާ ހޯދަން ފޭކް ކޯލްތައް ކުރާ މައްސަލަތަކެއް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.