ދުނިޔެ

އިނގިރޭސި ސުޕަމާކެޓް ވިޔަފާރީގެ ދެ ބާރު ގުޅެނީ

Apr 29, 2018

އިނގިރޭސިވިލާތުގައި އާއްމު ތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ސެއިންސްބެރީޒް އާއި އަޒްޑާ ސްޓޯރު ލިމިޓެޑް އެއްކޮށްލަން ވާހަކަތައް ފަށައިފި އެވެ.

ސެއިންސްބެރީޒް އާއި އަޒްދަގެ މާޖްކޮށްލުމުގެ ހަބަރު ފެތުރުމާއެކު، އިނގިރޭސިވިލާތުގެ އާއްމުތަކެތީގެ ބާޒާރަށް ވަނީ ލޮޅުން އަރާފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި ސެއިންސްބެރީޒް އާއި އަޒްޑާ ސުޕަ ސްޓޯރު ޗެއިން ގުޅުން ވެގެން ދާނީ އިނގިރޭސިވިލާތުގެ ސުޕަމާކެޓުގެ ވިޔަފާރި އަށް އަންނާނެ ބޮޑު ބަދަލަކަށެވެ.

އިނގިރޭސި ނޫސްތަކުގައިވާ ގޮތުން އެ ގައުމުގެ ސުޕަމާކެޓް ވިޔަފާރީގެ ދެވަނަ އާއި ތިންވަނަ ކުންފުނި ކަމަށްވާ ސެއިންސްބެރީ އާއި އަޒްދަ ކުންފުނީގެ ގުޅުމާއެކު 2800 ފިހާރަ އާއެކު މި މާކެޓުގެ 31.4 ޕަސެންޓް ހިއްސާ ދެ ކުންފުނީގެ އަތްމައްޗަށް ދޫވެގެންދާނެ އެވެ.

އަންނާނީ ކޮން ބަދަލެއް؟

ސެއިންސްބެރީ އާއި އަޒްޑާ ސުޕަ ސްޓޯރުގެ އެއްކޮށްލުމުގެ އަގު 10 ބިލިއަން ޕައުންޑަށް އަރާ ކަމަށްވެ އެވެ.

ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މި ގުޅުމަކީ އިނގިރޭސިވިލާތުގައި އާއްމު ތަކެތި ވިއްކާ އެހެން ބްރޭންޑް ތަކަށް ކުރިމަތިވާނެ ބޮޑު ގޮން ޖެހުމަކަށްވާނެ އެވެ. މި ދެ ބްރޭންޑުގެ ގުޅިގެން ދިއުމާއެކު އިނގިރޭސިވިލާތުގައި އާއްމު ތަކެތި ވިއްކާ ވާދަވެރި ޓެކްސްކޯ އަށް އޮތް ހިއްސާ ކުޑަ ވެގެންދާނެ އެވެ.

ކުރިން ވޮލް މާކެޓް ފަދަ ފިހާރަތަކާއެކު އިނގިރޭސިގައި ވެސް ބާޒާރުގައި ވަކި ހިއްޕާލައިގެން އޮތް ޓެސްކޯގެ ވިޔަފާރީގެ ހިއްސާ 27.6 ޕަސެންޓަށް ވެއްޓިގެން ގޮސްފަ އެވެ. މީގެ ކުރިން ސެއިންސްބެރީ ކުންފުނިން ވަނީ އަޔަލެންޑާއި އިނގިރޭސިވިލާތުގައި ވިޔަފާރި ކުރާ އާގޯސް ކުންފުނީގެ ހިއްސާ ވެސް ހޯދާފަ އެވެ. އެހެންވެ މިކަމުގެ ސަބަބުން އެ ގައުމުގައި ބާޒާރުގެ ވާދަވެރިކަމަށް ވެސް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް މާހިރުން ދަނީ ބުނަމުންނެވެ. ނަމަވެސް މާހިރުން ދެކިލައްވާ ގޮތުގައި މި "ބޮޑު ގުޅުމުގެ" ސަބަބުން މުސްތަގުބަލަށް ބަލާއިރު ފައިދާތަކެއް ކުރާނެ އެވެ. ސަބަބަކީ މިހާރު މި ބާޒާރުގައި ރަސްކަން ކުރާ ލޯކޮސްޓް ބްރޭންޑްތައް ކަމަށްވާ ޖަރުމަނުގެ އަލްޑީ ސުޕަ މާކެޓް ކުންފުންޏާއި ލައިޑްލް ފަދަ ބްރޭންޑްތަކުގެ ބަދަލުގައި މަތީ ފަންތީގެ ވިޔަފާރި ފަހި ވެގެން ދާނެ އެވެ.