ވިޔަފާރި

ދަމާސް އިން "ޑޮކްޓަފިކްސްއިޓް" ކެމިކަލް ރާއްޖެއަށް ތައާރަފުކޮށްފި

Apr 29, 2018

ދަމާސް އިން މަޝްހޫރު "ޑޮކްޓަފިކްސްއިޓް" ކެމިކަލް ރާއްޖެ އަށް މިއަދު ތައާރަފުކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ދަމާސް އިން "ޑޮކްޓަފިކްސްއިޓް" ކެމިކަލް ތައާރަފުކޮށްފައިވަނީ އިންޑިޔާގެ ޕިޑީލައިޓް ކުންފުންޏާ ގުޅިގެންނެވެ.

އިންޑިޔާގެ ހިއްސާގެ ބާޒާރުގައި އެންމެ ވިޔަފާރި ރަނގަޅު 70 ކުންފުނީގެ ތެރޭގައި ހިމެނޭ ޕިޑީލައިޓް ކުންފުނީގެ އޮފިޝަލަކު "ޑޮކްޓަފިކްސްއިޓް" ގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކެމިކަލްއަކީ އިމާރާތް ކުރުމަށް ބޭނުންވާނެ ފުލް ރޭންޖް ލިބެން ހުރި ކުންފުންޏެއް ކަމަށެވެ. އަދި ދަމާސް ފަދަ ކުންފުންޏަކާ ގުޅިގެން މި އުފެއްދުން ރާއްޖެ ގެނައުމަކީ ލިބިގެން ދާ ބޮޑު އުފަލެއް ކަމަށެވެ.

"މި ރޭންޖުގައި އެބަހުރި ވޯޓާ ޕްރޫފް އާއި ލަކުޑި އަދި ސިމެންތީގެ މަސައްކަތް ތަކަށް ބޭނުންވާނެ ފުލް ރޭންޖް،" އޮފިޝަލް ވިދާޅުވި އެވެ.

ދަމާސްއަކީ ފަރުނީޗަރާއި އިމާރާތް ކުރުމުގެ ސާމާނު ވިއްކުމުގައި ރާއްޖޭގައި މަޝްހޫރު އެއް ކުންފުންޏެވެ. މާކެޓުގައި ހަރަކާތްތެރިވާތާ 30 އަހަރުވީ ދަމާސްއިން މިހާރު ވަނީ ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރަމުންނެވެ.