ދުނިޔެ

އުތުރުކޮރެއާގެ ނިއުކްލިއަ ސައިޓް ބަންދުކުރާނީ އާއްމުކޮށް ފެންނަ ގޮތަށް

އުތުރުކޮރެއާއިންް ނިއުކްލިއަ ޓެސްޓް ކުރަން ބޭނުންްކުރި ސައިޓް އަންނަ މޭމަހު ބަންދުކުރާނެ ކަމަށް ދެކުނުކޮރެއާއިން ބުނެފި އެވެ.

ދެކުނުކޮރެއާގެ ރައީސް މޫން ޖައި އިންގެ އޮފީހާ ހަވާލާދީ ބީބީސީ ބުނީ ޕުންޔީރީ ނަމަކަށް ކިޔާ ނިއުކްލި ސައިޓް ބަންދުކުރާނީ ދެކުނުކޮރެއާ އާއި އެމެރިކާގެ މާހިރުންނާއި ނޫސްވެރިންގެ ހާޒިރުގައި އާއްމުކޮށް ހުޅުވާލައިގެން ކުރާ ކަމެއްގެ ގޮތުގަައި ކަމަށެވެ.

ނިއުކްލިއަ ސައިޓް ބަންދުކުރުމުގެ އިތުރުން ދެކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށްްޓަަކައި ކުރާނެ ބައެއް އެހެން ކަންތައްތައް ވެސް ދެކުނުކޮރެއާގެ ރައީސްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އުތުރުކޮރެއާގެ ޓައިމް ޒޯން ދެކުނުކޮރެއާއާ އެއްގޮތް ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. ދެކުނުކޮރެއިން މިހައިތަނަަށް އުޅުނީ ދެކުނުގެ ގަޑިއާ ބައިގަޑި އިރު ތަފާތު ، އަމިއްލަ ޓައިމް ޒޯނެއް ކަނޑައަޅައިގެންނެވެ.

ދެކުނުކޮރެއާ ރައީސް އޮފީހުން ހާމަކުރި ކަންތައްތަކާ ބެހޭ ގޮތުން އުތުރުކޮރެއާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ދެކުނުކޮރެއާއިން މިހެން ބުނެފައި މިވަނީ ދެކޮރެއާގެ ލީޑަރުން ބޭއްވި ތާރީހީ ބައްދަލުވުމަށް ފަހުގައެވެ. އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން ދެކުނު ކޮރެއާއަށް ވަޑައިގެން އެގައުމުގެ ރައީސް މޫން ޖައި އިންއާ ބައްދަލުކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެބައްދަލުވުމުގައި ދެެލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ކޮރެއަން ޕެނިންސިއުލާއައިން ނިއުކްލިއަ ހަތިޔާރު މުޅިން ނައްތާލުމަށެވެ.

މަޝްވަރާގެ މޭޒަށްދާން އުތުރުން އެއްްބަސްވީ ހަނގުރާމައިގެ ހާލަތުގައި ހިންގާ ފަދަ ހަރަކާތްތަކެއް ހިންގުމަށް ފަހު މިދިޔަ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އޭރުން ފެށިގެން ޑިޕްލޮމެޓިކް ގިނަ މަސައްކަތްތަކެއް އުތުރުން ވަނީ ކޮށްފައެވެ. އެގޮތުން ކިމް ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށެވެ. އަދި އެއަށް ފަހު ދެކުނުކޮރެއާއަށް ވަޑައިގެން ހުކުރު ދުވަހު ތާރީހީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ކިމް ބައްދަލުކުރައްވަން ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެބައްދަލުވުން އޮންނާނެ ކަަމަށް ބެލެވެނީ އަންނަ ޖޫން މަހު އެވެ.