ހަބަރު

ފުލުސް މީހާއަށް ހަމަލަދިން މައްސަލާގައި ތިން މީހަކު ހޯދަނީ

May 20, 2015

އިދިކޮޅު އެމްޑީޕީ އާއި ޖޭޕީއާއެކު އަދާލަރު ޕާޓީ އިސްވެ އޮވެ މޭޑޭގައި ކުރި މުޒާހަރާގެ ތެރޭ ފުލުހަކު ވައްޓާލައިގެން އަނިޔާ ކުރި މައްސަލައިގައި ތިން މީހަކު ހޯދަން ފޮޓޯއާއެކު އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާން ކުރީ ގ. ލަންކާ، ޢަބްދުﷲ މުފީދު 36، އާއި މ. ކުޑަވެޔޮމަތީގެ، އަޙްމަދު މިއުދާން ހަމީދު 25، އާއި ސ.ހުޅުދޫ، އިރުވައި، އަޙްމަދު އުނައިސް 32، އެވެ. ފުލުހުން ބުނީ އެ ތިން މީހުންނަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ ތިން މީހުން ކަމަށެވެ.

ފުލުސް މީހާއަށް އަނިޔާ ކުރި މައްސަލާގައި މިހާތަނަށް 14 ހައްޔަރުކޮށް އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ޖަހައިގެން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.