ހަބަރު

އުރީދޫގެ ހިދުމަތަށް ހާއްސަ މޮބައިލް އެޕެއް ތައާރަފުކޮށްފި

May 20, 2015
1

އުރީދޫގެ ހުރިހާ ހިދުމަތެއް ލިބޭ މޮބައިލް އެޕެއް އެ ކުންފުނިން މިރޭ ތައާރަފުކޮށްފި އެވެ.

ނެޝެނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ހަފުލާއެއްގައި "މައި އުރީދޫ މޮބައިލް އެޕް" ތައާރަފު ކޮށްދެއްވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައާރަފު ކުރި މި އެޕްގެ ސަބަބުން ޑާޓާ ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލައިލުން ފަދަ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ ރައްޔިތުން ތަކެއް ލިބި ގައުމަކަށް މި އެޕްގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އެންމެ އަވަހަށް ބޭނުންކުރާ އެ ތައާރަފުވާ އެއް ގައުމު. އުރީދޫގެ މަގުސަދަކީ ޓެކްނޮލޮޖީގެ ފަސޭހަތައް ކަސްޓަމަރުންނަށް ގެނެސް ދިނުން،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެޕަކީ އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށާއި މި އެޕުން "ރާސްޓަސް" ގެ ހިދުމަތާއި ވަގުތުން ބިލް ދެއްކުން ފަދަ ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ.

"މިހާރު ކިޔޫގައި މަޑުކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހުރިހާ ކަމެއް އުރީދޫ އެޕް މެދުވެރިކޮށް ކުރެވޭނެ،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ މައި އެޕް "މައި ޑޮޓް އުރީދޫ ޑޮޓް އެމްވީ" އިން ވެސް ޑައުންލޯޑް ކުރެވެ އެވެ. އަދި މީގެ އިތުރުން ޑިވައިސް އެޕް ސްޓޯރު މެދުވެރިކޮށް "މައި އުރީދޫ އެޕް ބައި އުރީދޫ މޯލްޑިވްސް" އިން ވެސް ޑައުންލޯޑް ކުރެވެ އެވެ.

އުރީދޫން ވަނީ މި އެޕް ލޯންޗް ކުރުމާއި ގުޅިގެން ގިނަ އިނާޔަތް ތަކެއްވެސް ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ. އެގޮތުން މި އެޕް މެދުވެރިކޮށް 50ރ. އަށްވުރެ ގިނައިން ރީޗާޖު ކުރުމުން 10 ޕަސެންޓް ހިލޭ ބޯނަސް ލިބެ އެވެ. އަދި މި އެޕުން ޕޯސްޓް ޕެއިޑް ބިލް ދެއްކުމުން 10 ޕަސެންޓް ޓޯކްޓައިމް ލިބެ އެވެ. އަދި މި އެޕުން ޑޭޓާ ޕެކޭޖުތައް އެކްޓިވޭޓް ކުރުމުން 10 ޕަސެންޓާ ހަމައަށް ހިލޭ ބޯނަސް ލިބިގެންދެ އެވެ