ވިޔަފާރި

އެމްޓީސީސީ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބާއްވަނީ

May 21, 2015

އެމްޓީސީސީ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

އެމްޓީސީސީން ބުނީ މިމަހުގެ 31 ވާ އާދިއްތަ ދުވަހު އޮންނަ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި އަލަށް އައްޔަންކުރާ ސަރުކާރުގެ ޑިރެކްޓަރުން އިއުލާނު ކުރުމާއި މިދިޔަ އަހަރުގެ ޔައުމިއްޔާ ފާސް ކުރުން އަދި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއާއި ގެއްލުމުގެ ހިސާބުތައް ފާސް ކުރުން ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ހިއްސާދާރުން ނަށް ބަހާނެ ފައިދާއާ ބެހޭ ގޮތުން ޑިރެކްޓަރުން ބޯޑުން ނިންމި ނިންމުން ފާސް ކުރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް 20ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ސާފު ފައިދާ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހަށް ކެނޑުމަށްފަހު، 81 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.