overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ތަރައްގީ ދެމެހެއްޓޭނީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައިގެން: މެޑަމް

May 5, 2018
5

ރާއްޖޭ ބޭނުންވާ އަދި މިހާރު ރާއްޖެ ދެކެމުން އަންނަ ހަލުއި ތަރައްގީ އެގޮތުގައި ކުރިޔަށް ގެންގޮސް ތަރައްގީކޮށް ދެމެހެއްޓޭނީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ރައީސުލްޖުމްހުރިއްޔާ ކަމަށް އިންތިހާބުކޮށްގެން ކަމަށް، އެ މަނިކުފާނުގެ އަނބިކަބަކުން، މެޑަމް ފާތުމަތު އިބްރާހިމް ވިދާޅުވެޖެ އެވެ.

އެކަމަނާ މިރޭ މިހެން ވިދާޅުވީ ފުވައްމުލަކުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ ކުރިން ވެސް ދެ ފަހަރަކު ރައީސްގެ އަނބިކަނބަލުން ދެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ. ނަމަވެސް މިއީ ރައީސްގެ އަނބިކަނބަލުން މިފަދަ ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ގައުމީ ތަރައްގީގައި ކަނބަލުންގެ ހިއްސާ ވަރަށް ފުރިހަމައަށް ދައްކަމުން އަންނަ ކަމަށާއި އެކަމަނާ ރަށްރަށަށް ކުރައްވާ ދަތުރުތަކުގަ އާއި އެކަމަނާގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ފަރާތުން ފުރިހަމަ ބައިވެރިވުން ލިބޭ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ އެކަމަނާ ކުރައްވާ މަސައްކަތަށް ލިބިގެންދާ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ވިދާޅުވީ ވަރުބަލި ނުވެ މަސައްކަތުގައި ދެމި ހުންނެވެނީ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ލިބި ވަޑައިގަންނަވާ ލޯބީގެވެސް ސަބަބުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖެ އިޖުތިމާއީ ގޮތުން ތަރައްގީވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ވިސްނުމަށް ބަދަލުތަކެއް އަންނަމުންދާތަން ފެންނަ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖެގެ މަލަމަތި ބަދަލުވެފައިވެސް ވާ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފެންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުވެގެންދާތަން. ރަށްރަށުގެ ނަރުދަމާ ފެނުގެ ނިޒާމް ބަނދރުތަކާއި ސިއްހީ ދާއިރާގެ ތަރައްގީ." އެކަމަނާ ވިދާޅުވި އެވެ.

އެކަމަނާ މިރޭ ވިދާޅުވީ ރައްޔިތެއްގެ ހައްސިއްޔަތުން އެކަމަނާ ފިރިކަލުން އަދި ރައީސް އަބްުދުﷲ ޔާމީން ކުރައްވާ ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑަކީ ތިން ކުދިންގެ މަންމައެއް އަދި މާމަ ކުއްޖަކުވެސް އެބަހުރި އަޅުގަނޑަކީ ހަމަ ދިވެހި އަންހެނެއް ތިޔަބޭފުޅުންގެ އިހުސާސް އަޅުގަނޑުގެ ވެސް އެބަހުރި އަޅުގަނޑުގެ ދަރިންނަށް ވެސް އިސްލާމީ އުސޫލުތައް ފުރިހަމައަށް ހިންގާ ތަރައްގީވެފައިވާ ހިދުމަތްތައް ފުރިހަމަ އަމާން ވެއްޓެއް ފޯރުކޮށްދޭން ބޭނުން މިއަދު ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެ މާހައުލު ގާއިމު ކޮށް ދެއްވަމުން ގެންދަވަނީ ރައީސް ޔާމީން،" އެކަމަނާ ވިދާޅުވި އެވެ. "މި މަސައްކަތުގައި އަޅުގަނޑަށް ވަގުތު ހޭދަ ކުރެވެނީ ފިރިކަލުން އަޅުގަނޑަށް މި ފުރުސަތުތައް ދެއްވާތީ، ދިވެހި އެންމެހާ ފިރިން ވެސް ރައީސް ޔާމީންގެ މިސާލުން މިސާލު ނެގުމަށް އަޅުގަނޑު އިލްތިމާސް ކުރަން،"

އެކަމަނާ ވިދާޅުވީ އަންހެން ކަނބަލުން މިއަދު ދިވެހި މުޖުތަމައަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި ހުރިހާ ދާއިރާއަކުން މިހާރު ކަނަބަކލުންގެ މަސައްކަތް ފެންނަ ކަމަށާއި ސިޔާސީ ޕޯޑިއަމެއްގައި އެ ވާހަކަ ދެންނެވީ އެކަމަނާއާއެކު ކަނބަލުން ކުރާ މަސައަކަތް އިތުރަށް ފުރިހަމަ ކުރުމުގެ މަގެއް ހޯދައި ފަހި ކުރުމަށް ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި މުޖުތަމައަކީ ދިވެހި ވަންތަ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވެ ވަތަން ދެކެ ލޯބިވާ އެކަކު އަނެކަކަށް އަޅައިލާ އެއްބައިވަންތަ ފުއްދުންތެރި މުޖުތަމައަކަށް ހަދަން މަސައްކަތް ކުރުން. ދިވެހި ރައްޔިތުން އަޅުގަނޑާއެކު ނުކުމެ ވަޑައިގަންނަވާ ގައުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ދިފާއު ކުރުމުގެ މަސައްކަތުގައި ބައިވެރިވެ ލައްވާ! ރާއްޖޭގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓުމަށް އަންނާކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ، ރާއްޖޭގެ ހަލުއި ތަރައްގީ ދެމެހެއްޓެނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިހާބު ކޮށްގެން އަޅުގަނޑުގެ އެދުމަކީ ރައީސް ޔާމީނަށް 2018 ކާމިޔާބު ކޮށްދޭން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައްޔިތުން ކޮށް ދެއްވުން"